ސިއްރު ހިފެހެއްޓުމާއި އެހެނިހެން ސުލޫކީ މިންގަނޑުތަކަށް އަމަލުކުރުން

ޝެއަރ ރިޒޯލްވްގެ ސައިކޮލޮޖިސްޓުންނާއި އެކްސެކެޓިވް ކޯޗުން އަމަލުކުރާ ސުލޫކީ މިންގަނޑުތައް

އަޅުގަނޑުމެންގެ އަމާޒަކީ، މީހުންގެ ހަޔާތުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް އެއްބާރުލުންދީ، ކޮންމެ މީހެއްވެސް އެމީހަކަށް ހިތްހަމަޖެހުން ގެނެސްދޭފަދަ ދިރިއުޅުމެއް އުޅުމަށް އެހީތެރިވެދިނުމެވެ. ހެޔޮ ބަދަލުތަކެއް ތިބާގެ ދިރިއުޅުމަށް ގެނައުމަށް އެއްބާރުލުން އެންމެ ރަނގަޅު ގޮތުގައި ދިނުމަށްޓަކައި، އަޅުގަނޑުމެން އަމަލުކުރާ ސުލޫކީ މިންގަނޑުތައް

އަޅުގަނޑުމެން އަމަލުކުރާ ސުލޫކީ މިންގަނޑުތަކަކީ:

އަދި ކްލިނިކަލް ސައިކޮލޮޖީގެ ސުލޫކީ މިންގަނޑުތަކުގައި އާންމުކޮށް ދިމާވާ މައްސަލަތައް އިތުރަށް ފުންކޮށް ދެނެގަތުމަށް، ބްރިޓިޝް ސައިކޮލޮޖިކަލް ސޮސައިޓީގެ ޕްރެކްޓިސް ގައިޑްލައިންސް އަށް ވެސް އަޅުގަނޑުމެން އިޝާރާތް ކުރަމެވެ. ބަޔާންކުރެވިފައިވާ ބައެއް ނުކުތާތަކަކީ، ރާއްޖެއާއި އިނގިރޭސިވިލާތުގެ ތަފާތުތަކަށް އެކަށީގެންވާ ގޮތަށް ބަދަލުކުރަންޖެހޭ ބައެއް ނުކުތާތަކެވެ.

މިތަފާތު ސުލޫކީ މިންގަނޑުތައް ކިޔާލައިފިނަމަ، އެއްގޮތް ވަރަށް ބައިވަރު ކަންތައްތަކެއް ފެނިގެންދާނެއެވެ. އަދި ހަމައެއާއެކު ސުލޫކީ މިންގަނޑުތަކުގައި ހިމެނިފައިވާ ނުކުތާތަކަކީ ޖުމްލަގޮތެއްގައި އެކަތި އަނެކައްޗަށް ބާރުދޭ ނުކުތާތަކެކެވެ.

އަޅުގަނޑުމެންގެ އެކްސެކެޓިވް ކޯޗް ކަމަށްވާ ޒެރިލް ޓާން އަކީ ސައިކޮލޮޖިސްޓެއް ކަމުގައި ނުވިނަމަވެސް، އެބޭފުޅާވެސް އަމަލުކުރާނީ މިސުލޫކީ މިންގަނޑުތަކާއި އެއްގޮތަށެވެ. ކިޔުއްވަމުންދާއިރު “ސައިކޮލޮޖިސްޓް”ގެ ބަދަލުގައި “އެކްސެކެޓިވް ކޯޗް” މިބަސް ބޭނުންކުރެއްވޭނެއެވެ.

މިޕޭޖުގެ ތިރީގައި މިވަނީ މަތީގައި ބަޔާންކުރެވިފައިވާ ސުލޫކީ މިންގަނޑުތަކުގެ ލިޔެކިޔުންތަކެވެ. އެހެންނަމަވެސް ލިޔެކިޔުންތައް ތަންކޮޅެއް ދިގުކަމަށް ފާހަގަކުރެވޭތީ، އެންމެ މުހިންމު ކަމަށް ފެންނަ ނުކުތާތައް ތިރީގައި މިވަނީ ޚުލާސާކުރެވިފައެވެ.

ސިއްރު ހިފެހެއްޓުން

ތެރަޕީގައި ދެކެވޭ ވާހަކަތަކަކީ އަޅުގަނޑުމެންގެ ފަރާތުން އެހެން އެއްވެސް މީހަކާއި ހިއްސާ ކުރެވޭނެ ވާހަކަތަކެއް ނޫނެވެ. މިއުސޫލާއި ހިލާފުވެގެންދާނެ ހަމައެކަނި ހާލަތަކީ، ތިބާއަށް ނުވަތަ ތިބާއާއި ގުޅުންހުރި ފަރާތަކަށް އަނިޔާއެއް ލިބިދާނެ ދަނޑިވަޅެއްގައެވެ. މިފަދަ ދަނޑިވަޅެއް އަތުވެއްޖެނަމަ އަޅުގަނޑުމެން މަސައްކަތްކުރާނީ ތިބާ ނުވަތަ އަނިޔާއެއް ލިބިދާނެ ފަރާތުގެ ރައްކާތެރިކަމަށްޓަކައެވެ. އެގޮތުން، ތިބާއާއި ގާތްފަރާތަކަށް ގުޅޭނެއެވެ. ނަމަވެސް މިދަނޑުވަޅުގައިވެސް، ތިންވަނަ ފަރާތާއި ވާހަކަދެކެވުމުގެ ކުރިން، ތިބާއާއިއެކު ސައިކޮލޮޖިސްޓް މަޝްވަރާކޮށް އެއްބަސްވުމަކަށް އައުމަށް އިސްކަންދެވޭނެއެވެ.

ބޭރުގެ މާހައުލަކުން ތިބާގެ ސައިކޮލޮޖިސްޓާއި ދިމާވެއްޖެ ހާލަތެއް އަތުވެއްޖެނަމަ، ތިބާއަކީ ނުދަންނަ ފަރާތެއްގެ ގޮތުގައި ސައިކޮލޮޖިސްޓްގެ ހަރަކާތްތައް ހުރެދާނެއެވެ. އަދި ތިބާގެ ސައިކޮލޮޖިސްޓަށް ތިބާ އެނގޭކަމަށް ނުވެސް ބުނާނެއެވެ. މިގޮތުގެމަތިން ސައިކޮލޮޖިސްޓްގެ އަމަލުތައް ބެހެއްޓުމަށް އަޅުގަނޑުމެން މަސައްކަތް ކުރަނީ، ތިބާގެ ސިއްރުތައް ހިފެހެއްޓުމަށްޓަކައެވެ. ނަމަވެސް، މިފަދަ މާހައުލަކުން ދިމާވެގެން ސައިކޮލޮޖިސްޓާއި ވާހަކަދައްކާލަން ތިބާ ބޭނުންވެއްޖެނަމަ، ނުވަތަ މިފަދަ ދަނޑިވަޅެއްގައި އެހެން ފަރާތަކަށް ސައިކޮލޮޖިސްޓަކީ ކާކުކަން ސާފުކޮސްދޭން ބޭނުންވެއްޖެނަމަ، ތިބާގެ އެދުމާއި އެއްގޮތަށް ސައިކޮލޮޖިސްޓް ކަންތައް ކުރެވޭތޯ މަސައްކަތް ކުރާނެއެވެ.

ނޯޓް ބެލެހެއްޓުން

އަޅުގަނޑުމެންގެ އިދާރީ މުވައްޒަފުން ތިބާއާއި ގުޅޭނެ މަޢުލޫމާތު ނެގުމަށްފަހު ތިބާގެ ސައިކޮލޮޖިސްޓަށް ފޯރުކޮށްދޭނެއެވެ. ޝެއާ ރިޒޯލްވްއިން ބޭރުގެ އެއްވެސް ފަރާތަކަށް، ތިބާގެ ފަރާތުން ހުއްދަ ނުލިބޭހާ ހިނދު، ތިބާގެ ނަމާއި ގުޅޭނެ ތަފްސީލު ހިއްސާ ނުކުރެވޭނެއެވެ.

ތިބާއާއި ބައްދަލުވުމަށްފަހު ސައިކޮލޮޖިސްޓްގެ ހަނދާނަށްޓަކައި ބައެއް މައުލޫމާތު ނޯޓްކުރެވޭނެއެވެ. ނަމަވެސް މިގޮތަށް ލިޔެވޭ އެއްވެސް ނޯޓެއްގައި ތިބާގެ ފުރިހަމަ ނަން ނުވަތަ ތިބާއަކީ ކާކުކަން ދެނެގަނެވޭނެ އެއްވެސް މަޢުލޫމާތެއް ނުހިމެނޭނެއެވެ. މިނޯޓްތައް ރައްކާތެރިކަމާއެކު އަޅުގަނޑުމެންގެ ސިސްޓަމްގައި ބެލެހެއްޓޭނެއެވެ. ސައިކޮލޮޖިސްޓް ލިޔެފައިވާ ނޯޓްތައް ބަލާލަން އެދޭކަމަށް ވާނަމަ އަޅުގަނޑުމެންނަށް ހިއްސާކޮށްލެވި، އަދި އެކަމާއި ބެހޭގޮތުން ތިބާގެ ސައިކޮލޮޖިސްޓާއި އެކުގައި ވާހަކަ ދައްކާލެވޭނެއެވެ.

އޯގާތެރިކަން

ޝެއާ ރިޒޮލްވްގައި މަސައްކަތްކުރާ ހުރިހާ ކްލިނިކަލް ސައިކޮލޮޖިސްޓުންނަކީ، އޯގާތެރިކަމާއި ރަހުމާއެކު މީހުންނަށް އަޅާލާ ބަޔަކަށްވުމީ، އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ފަލްސަފާއެވެ. ނަސްލާއި، ޤައުމިއްޔަތާއި، ދަރަޖައާއި، މުއްސަނދިކަމާއި، ދީނާއި، ޢަޤީދާއާއި، ޖިންސާއި، ބަހާއި، އުމުރާއި އަދި އެހެނިހެން ކަންކަމުގެ ސަބަބަން ތަފާތުކުރުމެއްނެތި، ކޮންމެ މީހަކަށްވެސް ހަމަހަމަ ކަމާއެކު އޯގާތެރިކަން ފޯރުކޮށްދިނުމީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ކަމެކެވެ.

އަޅުގަނޑުމެންގެ ކްލިނިކަލް ސައިކޮލޮޖިސްޓުން ހޮވާލެވެނީ، ފުޅާދާއިރާއެއްގައި ކުރެވޭ އިންޓަވިއުތަކެއްގެ ތެރެއިން ކަމަށްވާއިރު، އަޅުގަނޑުމެންގެ ސައިކޮލޮޖިސްޓުންނަކީ ހަގީގަތުގައިވެސް އެހެން މީހުންނަށް އެހީތެރިވެދޭން ބޭނުންވާ ބައެއްކަން އަޅުގަނޑުމެން ޔަޤީންކުރަމެވެ. ތިބާގެ ސައިކޮލޮޖިސްޓް ބުނި ބަހެއްގެ ސަބަބުން ނުވަތަ ކުރިކަމަކުން ހިތްހަމަ ނުޖެހިއްޖެނަމަ، ސައިކޮލޮޖިސްޓަށް ތިބާ އެކަން އަންގަވާށެވެ. ރަނގަޅުކުރަންޖެހޭ ކަމެއް އެނގުމަށްފަހު، ސައިކޮލޮޖިސްޓްގެ އަމަލުތައް ބަދަލުކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެއެވެ. މިފަދަ ވާހަކައެއް ތިބާގެ ސައިކޮލޮޖިސްޓާއި ހިއްސާކުރަން އުނދަގޫވާ ކަމަށްވާނަމަ ނުވަތަ އެވާހަކަ ސައިކޮލޮޖިސްޓާއި ހިއްސާކުރުމަށްފަހު އެއްވެސް ބަދަލެއްނާންނަނަމަ، complaints@resolve.my އަށް އީމެއިލް ކުރައްވާށެވެ.

އިންފޯރމްޑް ކޮންސެންޓް ނުވަތަ ކުރެވޭ ކަންކަން އަދި ނިންމާ ނިންމުންތައް ތިބާއަށް އިނގުމުގެ ހައްގު

އަޅުގަނޑުމެންގެ ސައިކޮލޮޖިސްޓުންގެ ތެރެއިން ސައިކޮލޮޖިސްޓަކާއި ބައްދަލުވުންކުރިއަށް ގެންދިއުމާއި، ސެޝަން އަވަހަށް ނިންމާލުމާއި، ސެޝަންގައި އަޅުގަނޑުމެން ކުރާ ކަންކަމާއި، ސެޝަނުން ބޭރުގައި ތިބާ ކުރާ ކަންތައްތަކާއި، ސައިކޮލޮޖިސްޓުގެ ސުވާލުތަކަށް ޖަވާބު ދިނުންފަދަ ނިންމުންތަކަކީ އަބަދުވެސް ތިބާގެ ނިންމުންތަކެކެވެ. ތިބާއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބެލެވޭ ތަފާތު އުކުޅުތައް ސައިކޮލޮޖިސްޓް ތިބާއަށް ކިޔާދޭނެއެވެ. ކުރެވޭ ކޮންމެ ކަމެއްގެ ފައިދާއާއި ގެއްލުންތަކާ ބެހޭގޮތުން މަޝްވަރާކޮށް، ނިންމުމެއް ނިންމުމުގެ ކުރިން ވީހާވެސް ގިނަ މައުލޫމާތު ތިބާއާއި ހިއްސާކުރެވޭތޯ ސައިކޮލޮޖިސްޓް ބަލާނެއެވެ. ތިބާގެ ސައިކޮލޮޖިސްޓް ވަކި ސުވާލުތަކެއް ކުރަނީ ނުވަތަ ވަކި މައުލޫމާތެއް ހުށަހަޅަނީ ކީއްވެގެންކަން ޔަޤީން ނުވާނަމަ، އަޅުގަނޑުމެން ބާރުއަޅަނީ ސައިކޮލޮޖިސްޓް ގާތު ސުވާލު ކުރުމަށެވެ.

ސުޕަރވިޝަން

ކޮންމެކަމެއްގައިވެސް ދެވަނަ ޚިޔާލެއް ނުވަތަ ތަފާތު ނަޒަރަކުން ބަލާނެ މީހަކު ހުރުމުގެ މުހިންމުކަން އަޅުގަނޑުމެންނާއެކު މަސައްކަތްކުރާ ސައޮކޮލޮޖިސްޓުން ދަނެއެވެ.

ޝެއާ ރިޒޮލްވްގެ ސައިކޮލޮޖިސްޓުން އެކަކު އަނެކަކާ ވާހަކަ ދައްކައިގެން އެމީހުންގެ ފަންނީ މަސައްކަތް ރަނގަޅު ކުރުމަށް އެހީތެރިވެދެއެވެ. ޑރ. ޑޭންގެ ބެލުމުގެ ދަށުން ސެންޓަރގައި ތަމްރީނުވާ ސައިކޮލޮޖިސްޓުންގެ މަސައްކަތް ރަނގަޅުކުރުމީ އިސްކަންދެވޭ ކަމެކެވެ. ޑރ. ޑޭން ވެސް އެބޭފުޅާގެ މައުލޫމާތު އިތުރަށް ފުޅާކޮށް އެންމެފަހުގެ ހޯދުންދަކާ އެއްގޮތަށް މަސައްކަތް ރަނގަޅުކުރުމަށް ހާއްސަކަމެއް ދެއްވައެވެ. ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން، ސައިކޮލޮޖިސްޓުންގެ މެދުގައި ބައެއް ފަހަރު ފަރުވާ ހޯދާ ވަކިވަކި ފަރުދުންގެ ވާހަކައާއި، އެމީހުންނަށް އެހީތެރިވާން މަސައްކަތްކުރާ ގޮތުގެ ވާހަކަ ދަކެވޭނެއެވެ. ނަމަވެސް މިއިން އެއްވެސް މަޝްވަރާއެއްގައި ތިބާއަކީ ކާކުކަން ދެނެގަނެވޭނެ މައުލޫމާތެއް ތިބާގެ ސައިކޮލޮޖިސްޓް ނުބުނާނެއެވެ. މިއީ ތިބާގެ ސިއްރު ހިފެހެއްޓުމުގެ ގޮތުން އެޅޭ ފިޔަވަޅެކެވެ.

މަސްލަހަތު ފުށުއެރުން

ތިބާގެ ސައިކޮލޮޖިސްޓް މިހާރުވެސް އެހެން ކެޕޭސިޓީއެއްގައި (ރައްޓެއްސެއްގެ ނުވަތަ އެކުވެރިއެއްގެ ގޮތުގައި) އެނގޭނަމަ، މިއީ މަސްލަހަތު ފުށުއެރުމަށް މަގުފަހިވާނެ ކަމެއް ކަމުން އެމީހުންނަށް ތިބާއަށް ތެރަޕީ ދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. މިފަދަ ދަނޑިވަޅެއް އަތުވެއްޖެނަމަ ތިބާއަށް އެހީތެރިކަން ފޯރުކޮށްދޭނެ އެހެން ސައިކޮލޮޖިސްޓެކާއި ބައްދަލުވުމަށް އަޅުގަނޑުމެން އެހީވެދޭނަމެވެ

ސައިކޮލޮޖިސްޓްގެ މައިގަނޑު އަމާޒަކީ ތިބާގެ ދުޅަހެޔޮކަން ރަނގަޅު ކުރުމެވެ. މި ސަބަބަށްޓަކައި ސައިކޮލޮޖިސްޓަކާއެކު މަސައްކަތް ކުރަން ފެށުމުން، ސައިކޮލޮޖިސްޓް ތިބާއާ އެހެން އެއްވެސް ގުޅުމެއް ނުފަށާނެއެވެ. އެއީ އެކުވެރިއެއްގެގޮތުގައި ނުވަތަ ލޯބީގެ ނަޒަރަކުން ތިބާ ދެކުމީ، ތިބާއާއިއެކު ތެރަޕީގައި ކުރެވޭ މަސައްކަތަށް ބުރޫއަރާނެ ކަމަކަށް ބެލެވޭތީއެވެ. ސައިކޮލޮޖިސްޓުން މީހުންނާއެކު މިގޮތަށް މަސައްކަތް ކުރަނީ، ރައްޓެހިން ހޯދުމުގެ މަޤުސަދުގައި ނުވަތަ ބައްދަލުވާ މީހުންގެ ކިބައިން ކޮންމެވެސް އެއްޗެއް ހޯދުމުގެ އުންމީދުގައެއް ނޫނެވެ. މިގޮތަށް މަސައްކަތްނުކޮށްފިނަމަ، އަޅުގަނޑުމެންގެ ފަރާތުން ބައްދަލުވާ މީހުންނަށް ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭތީއެވެ.

މައުލޫމާތު އަދާ ހަމަކުރުން އަދި ހުނަރު ދެމެހެއްޓުން

ކްލިނިކަލް ސައިކޮލޮޖީގެ އެންމެ ފަހުގެ ކުރިއެރުންތަކާ އެއްވަރަށް އަޅުގަނޑުމެންގެ މައުލޫމާތު އައުކުރެވޭނެއެވެ. އަދި އެންމެ ފައިދާހުރި ގޮތްތައް ބޭނުންކޮށްގެން މަސައްކަތް ކުރެވޭނެ ގޮތް ހޯދުމީ އަޅުގަނޑުމެންގެ އަމާޒެކެވެ. އަޅުގަނޑުމެން ރަޖިސްޓްރީ ވެފައިވާ ބޯޑުތަކުން އަދި ލައިސަންސް ދޭ ފަރާތްތަކުން ޤަވައިދުން އަޅުގަނޑުމެން އޮޑިޓްކުރެއެވެ. މިސާލަކަށް ޑރ ޑޭންގެ މަސައްކަތް، އިނގިރޭސި ސައިކޮލޮޖިކަލް ސޮސައިޓީ އާއި ހެލްތު އެންޑް ކެއަރ ޕްރޮފެޝަންސް ކައުންސިލުން ގަވައިދުން އޮޑިޓް ކުރެއެވެ. މިއީ އެބޭފުޅާގެ އިލްމު އަދާހަމަ ކުރުމަށް މަސައްކަތްކުރެވިފައިވޭތޯ ޗެކްކުރުމުގެ ގޮތުންނެވެ.

ޝަކުވާތައް އަޑުއެހުން

އަޅުގަނޑުމެންގެ އެއްވެސް ސައިކޮލޮޖިސްޓަކު އަޚްލާޤީ ގޮތުން ގޯސްކޮށް އަމަލުކޮށްފައިވާ ކަމަށް ހީވާނަމަ، ނުވަތަ ތިބާގެ ސިއްރުހިފެހެއްޓުމުގައި ތެރަޕިސްޓުގެ މައްސަލައެއް އުޅޭކަމަށް ބެލެވޭނަމަ، ނުވަތަ އަޅުގަނޑުމެންގެ ފަންނީ މަސައްކަތަށް ބަދަލު ގެންނަންޖެހޭ ކަމެއް ފާހަގަކުރެވިއްޖެނަމަ complaints@resolve.my އަށް އީމެއިލް ކުރައްވާށެވެ.

ސުލޫކީ މިންގަނޑުތައް

މަތީގައި ބަޔާން ކުރެވިފައިވާ ސުލޫކީ މިންގަނޑުތަކުގެ ލިޔެކިޔުންތައް މިވަނީ މިޕޭޖުގެ ތިރީގައި ހިމެނިފައެވެ.

މިލިޔުންތައް ސީދާ މިޕޭޖުން ނުވަތަ ޑައުންލޯޑް ކޮށްލައިގެން ކިޔާލެވޭނެއެވެ.

Any questions or comments? Please write them here ...