ޝެއަރ ރިޒޯލްވް މޯލްޑިވްސް

ޝެއަރ ރިޒޯލްވް މޯލްޑިވްސްއަށް މަރްހަބާ! އަޅުގަނޑުމެންގެ ސައިކޮލޮޖިސްޓުންނީ މެލޭޝިޔާގައި އުޅޭ ޓީމެއް ކަމުގައި ވިޔަސް، ރާއްޖޭގެ ގިނަބަޔަކާއެކު އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަމުން ގެންދަމެވެ.

ރާއްޖޭގެ ސައިކޮލޮޖިސްޓެއް ކަމަށްވާ ލީން އަޙްމަދު ޝެއަރ ރިޒޯލްވާއި ގުޅުމުން، އަޅުގަނޑުމެން ނިންމީ ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑުމެންގެ ޚިދުމަތް ލިބޭނެ މަގު ފަސޭހަކޮށްދިނުމަށެވެ. ލީން ވަނީ އަޅުގަނޑުމެންގެ ވެބްސައިޓުން މުހިއްމު ސަފްޙާތައް ދިވެހި ބަހަށް ތަރުޖަމާކޮށްފައެވެ.

ތަރުޖަމާކުރެވިފައިވާ ޕޭޖުތައް ދިވެހިބަހުންނާއި އިނގިރޭސިން ކިޔާލެވޭނެއެވެ.

އަޅުގަނޑުމެންގެ އުންމީދަކީ މިވެބްސައިޓް ބަލާލާ ބައެއްގެ ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ފޯރުކޮށްދިނުމެވެ.

ސައިކޮލޮޖިސްޓަކާއި ވާހަކަ ދައްކައިގެން ލިބޭނެ އެހީތެރިކަމަކީ ކޮބާ?

އަޅުގަނޑުމެންނަށް ވީހާވެސް ރަނގަޅު އެހީތެރިކަމެއް ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެން ބޭނުންކުރަނީ ހަމައެކަނި ސައިންޓިފިކް ގޮތުން ދައްކާފައިވާ ގޮތްތަކެވެ. އަޅުގަނޑުމެން ހުޅަނގުގެ ނަފްސާނީ ޢިލްމުން އެންމެ ރަނގަޅު އުސޫލުތައް ނަގައި، އެއީ އޭޝިޔާގެ ސަޤާފަތްތަކަށް މާ އެކަށީގެންވާ އަދި ފައިދާހުރި ގޮތަކަށް އެޑެޕްޓްކޮށްފައި މިވަނީ މި މައުލޫމާތުތައް ޖަމާކުރެވިފައިވާނީ ރިފްލެކްސް މެތަޑް ގެ ނަމުން ނަންދެވިފައިވާ އަޅުގަނޑުމެންގެ ޢިލްމީ ލައިބްރަރީ އެއް ގައެވެ.

ޑރ. ޑޭނިއަލް ސީލް، ކްލިނިކަލް ސައިކޮލޮޖިސްޓް

އަޅުގަނޑުމެންގެ ހުރިހާ ސައިކޮލޮޖިސްޓުންގެ ބޭނުމަށްޓަކައި ރިފްލެކްސް މެތަޑް ވާނީ އެބޭފުޅުންގެ އަތްމަތީގައެވެ. ހަމައެއާއެކު އަޅުގަނޑުމެންގެ މެންޓަރިންގް ސިސްޓަމްގެ ދަށުން، އެއް ސައިކޮލޮޖިސްޓްގެ ތަޖުރިބާގެ ބޭނުން އަނެއް ސައިކޮލޮޖިސްޓަކު ހިފުމީ ފަސޭހަކަމެކެވެ. މިކަމުގެ ސަބަބުން އަޅުގަނޑުމެން ފޯރުކޮށްދޭ ޚިދުމަތަކީ އެންމެ ފެންވަރު ރަނގަޅު އެހީކަން ކަށަވަރުކޮށްދެމެވެ. އަޅުގަނޑުމެންގެ ޑައިރެކްޓަރ ޑރ. ޑޭން ސީލް އަކީ އިނގރިރޭސިވިލާތުގެ ކްލިނިކަލް ސައިކޮލޮޖިސްޓެކެވެ. އަދި ލީން އަންނަނީ އެބޭފުޅާގެ ދަށުން ތަމްރީން ވަމުންނެވެ.

ރިފްލެކްސް މެތަޑާއި ބެހޭ އިތުރު މައުލޫމާތު އަޅުގަނޑުމެންގެ ވެބްސައިޓުން އިނގިރޭސި ނުވަތަ ދިވެހި ބަހުން ކިޔައިލެވޭނެއެވެ.

ސައިކޮލޮޖިސްޓަށް ކިޔައިދިން އެއްވެސް ވާހަކައެއް އެހެން މީހަކަށް އިނގިދާނެ ހެއްޔެވެ؟

އަޅުގަނޑުމެންގެ ކޮންފިޑެންޝަލިޓީ & އެތިކްސް ރޫލްސްގެ މާނައަކީ އަޅުގަނޑުމެން ދުވަހަކުވެސް އެއްވެސް މީހަކަށް ތިޔަ ކިޔައިދިން އެއްޗެއް ނުބުނަން. ހަމައެކަނި އިސްތިސްނާ ވާނީ އަޅުގަނޑުމެންނަށް ޝެއާ ކުރުމުގެ ހުއްދަ ދެއްވައިފިނަމަ ނުވަތަ އަޅުގަނޑުމެންނަށް ޝެއާ ކުރަން ޖެހިއްޖެ ނަމަ މީހަކަށް ބޮޑެތި އަނިޔާތަކެއް ނުވަތަ މަރުވުން ހުއްޓުވުމެވެ.

އަޅުގަނޑުމެންގެ ސުލޫކީ މިންގަނޑުތަކާއި ބެހޭގޮތުން އިތުރު މައުލޫމާތު އިނގިރޭސި ބަހުންނާއި ދިވެހިބަހުން މިޕޭޖުގައި ހިމެނިފައިވާނެއެވެ.

ސައިކޮލޮޖިސްޓަކާއި ބައްދަލުވެ އެބައްދަލުވުމުން ފައިދާއެއް ލިބިގަތުމަށް، ތިބާގެ ކިބައިގައި މައްސަލައެއް ހުރުމީ މަޖުބޫރު ކަމެއް ނޫނެވެ! އަޅުގަނޑުމެންގެ ސައިކޮލޮޖިސްޓުންގެ ފަރާތުން ކޮންމެމީހަކަށް ވެސް، އެމީހެއްގެ ދިރިއުޅުމަށް އިތުރު ހިތްހަމަ ޖެހުން ގެނެސްދޭނެ އުކުޅުތަކެއް ދަސްވެގެންދާނެއެވެ.

ސައިކޮލޮޖިސްޓެއްގެ ފަރާތުން އެހީތެރިކަން ލިބޭނެ މައްސަލަތަކަކީ ކޮބާ?

އަޅުގަނޑުމެން ދަސްކޮށްދޭ އުކުޅުތަކަކީ ގިނަ މައްސަލަތަކަކަށް ހައްލު ގެނެސްދޭނެ އުކުޅުތަކެކެވެ. މީގެތެރޭގައި ހާސްކަން، މާބޮޑަށް ދެރަވުން، މާބޮޑަށް ބިރުގަތުން، އަދި ރުޅިއައުން ފަދަ އިހްސާސްތަކާއި މެދު ކަންކުރާނެ ގޮތަތްތައް ހިމެނެއެވެ. މާގިނައިން ކެއުން ފަދަ މައްސަލަތަކަށްވެސް އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދެމެވެ.

އަޅުގަނޑުމެންގެ ސައިކޮލޮޖިސްޓުން އެހީތެރިކަން ފޯރުކޮށްދޭ މައްސަލަތަކުގެ ތަފްސީލީ ލިސްޓެއް، މިވެބްސައިޓުގައި އިނގިރޭސި ބަހުންނާއި ދިވެހިބަހުން ހިމެނިފައިވާނެއެވެ.

ސައިކޮލޮޖިސްޓަކާއި ބައްދަލުކުރުމަށް އެޕޮއިންޓްމެންޓެއް ހަމަޖައްސާނީ ކިހިނެއް?

އަޅުގަނޑުމެންނަށް މެސެންޖަރއިންނާއި ވަޓްސްއެޕުން ދިވެހި ބަހުން މެސެޖުކުރެވޭނެއެވެ. އަދި އީމެއިލް ވެސް ކުރެވޭނެއެވެ. You can also send us a message via Facebook Messenger on our Facebook page for the Maldives (ShareResolveMaldives). ނަމަވެސް ސުވާލުތަަކަށް ޖަވާބު ދިނުމަށް ލީންގެ އެހީތެރިކަން ތަރުޖަމާކުރުމުގައި ބޭނުންވާނެތީ، ސުވާލުތަަކަށް ޖަވާބު ދިނުމުގައި ކުޑަ ވަގުތުކޮޅެއް ނަގާފާނެއެވެ. އަޅުގަނޑުމެންގެ ޓީމުގައި މިވަގުތު ދިވެހި ބަހުން ވާހަކަދައްކާ ހަމައެކަނި ސައިކޮލޮޖިސްޓަކީ ލީން އެވެ.

އިނގިރޭސިބަހުން ވާހަކަދެއްކުމީ ތިބާއަށް އުނދަގޫ ކަމަކަށް ނުވާނަމަ އަޅުގަނޑުމެންގެ ކޮންމެ ސައިކޮލޮޖިސްޓަކާއިވެސް ބައްދަލުކޮށްލެވޭނެއެވެ. އަޅުގަނޑުމެންގެ ސައިކޮލޮޖިސްޓުންނާއި ބެހޭ އިތުރު މައުލޫމާތު އެޕޮއިންޓްމަންޓެއް ހަމަޖައްސަވަން ދުރުވަންޖެހޭ ޕޭޖުގައި ހިމެނިފައިވާނެއެވެ.

LEAVE A REPLY

Please enter your comment!
Please enter your name here