ދަ ރިފްލެކްސް މެތަޑް

އިހްސާސްތައް މެނޭޖްކުރަން ދަސްވެ ހިތްހަމަޖެހޭ އުޅުމެއް އުޅެން އެއްބާރުލުން ލިބޭ ޕްރޮގްރާމް

ހުލާސާ

ރިފްލެކް މެތަޑުގެ އިތުރު ތަފްސީލް މިޕޭޖުގެ ތިރީގައި ހިމެނިފައިވާނެއެވެ. މިއީ ރިފްލެކްސް މެތަޑުގެ ކުރު ހުލާސާއެކެވެ.

  • ރިފްލެކްސް މެތަޑަކީ އަޅުގަނޑުމެންގެ ސައިކޮލޮޖިސްޓުން ބޭނުންކުރާ އިލްމީ ލައިބްރަރީއަށް ދެވިފައިވާ ނަމެވެ.
  • އެމެތަޑުގެ ދަށުން ހުޅަނގުގެ ސައިކޮލޮޖީގެ އެންމެ ރަނގަޅު އުސޫލުތައް ނަގުމަށްފަހު އޭޝިއާގެ ސަގާފަތްތަކަށް އެންމެ އެކަށޭނެ ގޮތަށް ބަދަލުކުރެވިގެން ދެއެވެ.
  • އެމެތަޑް ރަނގަޅުކުރުމުގެ ގޮތުން އަޅުގަނޑުމެންގެ ސައިކޮލޮޖިސްޓުން އެބޭފުޅުންގެ ޢިލްމާއި ތަޖުރިބާ އިތުރުވާވަރަކަށް އޭގައި އެކުލަވާމުން ގެންދަވައެވެ.
  • އަޅުގަނޑުމެންގެ ފަރުވާދިނުމުގެ މިންގަނޑުތައް ރަނގަޅު ކުރުމުގެ ގޮތުންނާއި އަޅުގަނޑުމެންގެ ޓީމުގައި މަސައްކަތްކުރާ ޖޫނިއަރ ސައިކޮލޮޖިސްޓުން ތަމްރީނުވުމުގެ ގޮތުންވެސް ރިފްލެކްސް މެތަޑް ބޭނުންކުރެވެއެވެ.
  • މިކަމުގެ ސަބަބުން ޝެއަރ ރިޒޯލްވްގެ ކޮންމެ ސައިކޮލޮޖިސްޓަކާއި ތިބާ ބައްދަލުވި ނަމަވެސް ތިބާއަށް ލިބިގެންދާނީ އެންމެ ފެންވަރު ރަނގަޅު ހިދުމަތެވެ.

ރިފްލެކްސް މެތަޑް ބޭނުންކުރާގޮތް ތަޖުރިބާކޮށްލަން ބޭނުންނަމަ އަޅުގަނޑުމެންގެ ސައިކޮލޮޖިސްޓުންގެ ތެރެއިން ބޭފުޅަކާއި ބައްދަލުވުމެއް ހަމަޖެއްސެވޭނެއެވެ.

ރިފްލެކްސް މެތަޑް އާއި ބެހޭ ގޮތުން އިތުރަށް މައުލޫމާތު ބޭނުންނަމަ ކުރިއަށް ކިޔައިލައްވާ!

ރިފްލެކްސް މެތަޑަކީ ކޮބާ?

ރިފްލެކްސް މެތަޑަކީ އަޅުގަނޑުމެންގެ ހުރިހާ ސައިކޮލޮޖިސްޓުންގެ މަސައްކަތް ރަނގަޅު ކުރުމުގެ ގޮތުން ބޭނުންކުރެވޭ ޢިލްމީ ލައިބްރަރީއެކެވެ. އޭގައި ލިޔެވިފައިވާ މެނުއަލްއަކާއި ގުޅުންހުރި ވީޑިއޯތަކާއި ތަސްވީރުތަކާއި ޑައިގްރާމްތައް ހިމެނިގެންވެއެވެ. ހަމައެހެންމެ އޭގެތެރެއިން އަޅުގަނޑުމެންގެ ސައިކޮލޮޖިސްޓުންނަށް ތިބާއާއިއެކު މަސައްކަތްކުރުމުގައި ކުރިއަށްދާނެ ތަފާތު މަގުތައް ވެސް ދައްކާދެއެވެ. ނަމަވެސް ތިބާގެ ބޭނުންތަކަށް ވަކިން ހާއްސަކޮށްގެން ޕްލޭނެއް ބައްޓަންކުރުމަށް މި މެތަޑުގެ ދަށުން ސައިކޮލޮޖިސްޓަށް ފަސޭހަވެގެންދެއެވެ.

އަޅުގަނޑުމެންގެ ސައިކޮލޮޖިސްޓުން އެބޭފުޅުންގެ ސެޝަން ތަކުގައި ބޭނުންކުރާނީ ސްޓްރަކްޗަރޑް އެޕްރޯޗެކެވެ. އެއީ ވަކި ލަނޑުދަނޑިއެއް ހާސިލްކުރުމުގެ ގޮތުން ދެކެވޭ ވާހަކަ ވަކި ދިމާލަކަށް އަމާޒުވާގޮތަށް ބެހެއްޓުމެވެ. މި އެޕްރޯޗް ބޭނުންކުރި ނަމަވެސް އެބޭފުޅުންނާއި ބައްދަލުވެގެން ދެކެވޭ ވާހަކަތަކުގައި އެބޭފުޅުންނަކީ އޯގާތެރި އަދި އެކުވެރި މަގު ދައްކައިދޭ ފަރާތްތަކެއް ކަމެއްކަމާއި މާނަފުން ވާހަކަ ހިއްސާކުރެވޭނެ ބައެއްކަން ތިބާއަށް އިހްސާސްވެގެން ދިއުމީ އަޅުގަނޑުމެންގެ އުންމީދެވެ. ދޭތެރެއިން ޑައިގްރާމްތަކާއި ވީޑިއޯތައް ސެޝަން ތަކުގައި ތިބާއަަށް ދެކެވުނު ނަމަވެސް ނުވަތަ ރިފްލެކްސް މެތަޑުގެ ދަށުން ހުނަރުތައް ދަސްކޮށްދެވުނު ނަމަވެސް ސެޝަންތަކުގައި ކިޔެވުމުގެ މާހައުލެއްގައި ނުވަތަ ސުކޫލެއްގައި އުޅެވޭ ކަމުގެ އިސްހާސް ތިބާއަށް ކުރެވިގެންނުވާނެއެވެ. މިފަދަ އިހްސާސް އެއް ތިބާއަށް ވެއްޖެނަމަ ތިބާގެ ސައިކޮލޮޖިސްޓާއި އެވާހަކަ ހިއްސާކުރުމަށް އަޅުގަނޑުމެން ބާރުއަޅަމެވެ. އަޅުގަނޑުމެން ބޭނުންކުރާ މެތަޑުގެ ފަހަތުގައިވާ ތިއަރީއާއި ދިރާސާއާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާނަމަ އެމައުލޫމާތު ތިބާއަށް ކިޔާދިނުމީ އަޅުގަނޑުމެންނަށް ލިބޭނެ އުފަލެކެވެ. ނަމަވެސް އާންމުކޮށް ތިބާއާއި ބައްދަލުވާ ބައްދަލުވުން ތަކުގައި އަޅުގަނޑުމެންގެ ފޯކަސް ބަހައްޓަނީ އަވަހަށް ދިރިއުޅުމަށް އިތުރު ހަމަޖެހުން ގެނުވާނެފަދަ އަމަލީ ބަދަލުތައް ގެނައުމަށް ތިބާއަށް އެހީތެރިވުމަށެވެ.

ރިފްލެކްސް މެތަޑް މެދުވެރިކޮށް އެހީތެރިކަން ލިބޭނެ ބައަކީ ކޮބާ?

ރިފްލެކްސް މެތަޑް މެދުވެރިކޮށް މޫޑު ދަށްވުމުން ނުވަތަ ހާސްކަމާއި ކުރިމަތިލާން ޖެހުމުން ފެށިގެން ގޮސް މާގިނައިން ކެއުމުން ނުވަތަ އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި ހަމައަށް، ތަފާތު ގިނަ މައްސަލަތަކަށް އެހީތެރިކަން ފޯރުކޮށްދެވެއެވެ. ރިފްލެކްސް މެތަޑުން އެހީތެރިކަން ފޯރުކޮށްދެވޭނެ ބައެއް މައްސަލަތައް އަޅުގަނޑުމެންގެ ވެބްސައިޓުގެ މި ޕޭޖުގައި މިވަނީ ލިސްޓް ކުރެވުފައެވެ. އާއްމު ގޮތެއްގައި ސައިކިއޭޓްރިކް ޑައިގްނޯސިސް އަޅުގަނޑުމެން ބޭނުންނުކުރާ ނަމަވެސް (އެކަމުގެ ސަބަބު މިތަނުން ހޯއްދަވާރިފްލެކްސް މެތަޑުން އެހީތެރިކަން ފޯރުކޮށްދެވޭނެ ޑައިގްނޯސިސްތައް ވެސް ވާނީ ލިސްޓްކުރެވިފައެވެ.

ރިފްލެކްސް ޕްރޮގްރާމްގައި ނުހިމެނޭ އަދި އަޅުގަނޑުމެންގެ ސައިކޮލޮޖިސްޓުންނަށް ކުރިން ދިމާނުވާ ދަތިކަމެއް ތިބާގެ މައްސަލައަށް ހައްލު ހޯދުމުގައި ކުރިމަތިވެފައިވާ ކަމަށް ބެލެވޭ ހާލަތެއްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސްޕެޝަލިސްޓް ސައިކޮލޮޖިސްޓުންނާއި ގުޅާލަދޭ އަޅުގަނޑުމެންގެ ނެޓްވޯކްގެ ބޭނުން ހިފޭނެއެވެ.

އަޅުގަނޑުމެން ރިފްލެކްސް މެތަދް އުފެއްދި ގޮތަކީ ކޮބާ?

އެމެތަޑު ވުޖޫދަށް ގެނައުމަށްޓަކައި ހުޅަނގުގެ ސައިކޮލޮޖީގެ އެންމެ ރަނގަޅު އުސޫލުތައް ނެގުމަށްފަހު އޭޝިއާގެ ސަގާފަތްތަކަށް އެންމެ އެކަށޭނެ ގޮތަށް ބަދަލުކުރެވިގެން ދެއެވެ. އަޅުގަނޑުމެންގެ ފުރަތަމަ ފިޔަވަޅަކަށް ވެގެން ދިޔައީ ފަރުވާ ދިނުމުގެ ފަލްސަފާތަކުގެ ތެރެއިން އެޝިއާ ބައްރުގެ ސަގާފަތްތަކާއި އާދަކާދައަށް އެންމެ އެކަށޭނެ ހެކީގެ މައްޗަށް ބިނާވެފައިވާ ދެ ފަލްސަފާއެއް ހޮވާލުމެވެ. އެެގޮތުން އަޅުގަނޑުމެން ޚިޔާރުކުރީ، އެކްސެޕްޓެންސް އެންޑް ކޮމިޓްމަންޓް ތެރަޕީ (އެކްޓް) އާއި ކޮމްޕެޝަން ފޯކަސްޑް ތެރަޕީ (ސީއެފްޓީ) އެވެ. އެކްޓް އާއި ސީއެފްޓީ އަޅުގަނޑުމެން ހޮވާލި ސަބަބަކީ، މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ ފައިދާ ހުރިކަމަށް ދިރާސާ ތަކުން ބެލެވޭ އެއް ފަލްސަފާ އެއްކަމުގައިވާ ކޮގްނިޓިވް ބިހޭވިއަރަލް ތެރްޕީ (ސީބީޓީ) ގެ ދަށުން އުފެދިގެން އައިސްފައިވާ ދެ ފަލްސަފާ ކަމަށް ވާތީއެވެ. ސީބީޓީ އާއި އެކްޓް އާއި ބެހޭ ގޮތުން އަޅުގަނޑުމެންގެ ވެބްސައިޓުން އިތުރު މައުލޫމާތު ކިޔާލެވޭނެއެވެ.

އަޅުގަނޑުމެންގެ ހުރިހާ ސައިކޮލޮޖިސްޓުންނަކީ ސީބީޓީގެ ދަށުން ތަމްރީނު ލިބިފައިވާ ބޭފުޅުންނެވެ. ނަމަވެސް އަޅުގަނޑުމެން ދެކޭގޮތުގައި އެކްޓް އާއި ސީއެފްޓީގެ އުސޫލުތައް އޭޝިއާ ބައްރުގެ މީހުންގެ ވިސްނުމާއި އުޅުމަށް މާ ފައިދާކުރެއެވެ. ހަމައެއާއެކު މި ދެ ފަލްސަފާއަށް އަޅުގަނޑުމެން އިސްކަންދެވެނީ އެކްޓް އާއި ސީއެފްޓީއަކީ ‘ޓްރާންސްޑައިގްނޯސްޓިކް އިންޓަރވެންޝަންސް’ ތަކެއް ކަމުގައިވާތީ ސައިކްއޭޓްރިކް ޑައިގްނޯސިސް ބޭނުންކުރަން ނުޖެހޭތީ އެވެ. ޓްރާންސްޑައިގްނޯސްޓިކް އިންޓަރވެންޝަންސް’ ގެ މާނައަކީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެފަލްސަފާއެއްގެ ދަށުން ޑައިގްނޯސިސް އަކަށް ބާރޯސާ ވާން ނުޖެހުމެވެ. (ސައިކިއޭޓްރިކް ޑައިގްނޯސްތަކުން އަޅުގަނޑުމެން އާއްމުކޮށް ބޭނުންނުކުރާ ސަބަބު މިލިންކުން ކިޔައިލެވޭނެއެވެ.) އެކްޓް އާއި ސީއެފްޓީގެ އަނެއް ފައިދާއަކީ އެމީހެއްގެ ދިރިއުޅުމުަގައި މާބޮޑު މައްސަލައެއް ނެތް މީހުންނަށް ވެސް އެމީހުންގެ ދިރިއުޅުމުގައި އިތުރު ހިތްހަމަޖެހުން ހޯދޭނެ މަގު ދައްކުވައިދޭ ކަމެވެ.

ރިފްލެކްސް މެތްޑުގެ ފައިދާ ދައްކުވައިދޭ އިލްމީ ހެކިތައް

ރެންޑަމައިޒްޑް ކޮންޓްރޯލްޑް ޓްރައިއަލްސް (އާރުސީޓީ) އަކީ މެޑިކަލް އިންޓަރވެންޝަނެއް (ފަރުވާދުނުމުގެ އުސޫލެއް) ފައިދާހުރިތޯ ބެލުމަށް ބޭނުންކުރެވޭ ސައިންޓިފިކް ދިރާސާތަކުގެ އެންމެ ވަރުގަދަ މިންގަނޑެވެ. 2023 ވަނަ އަހަރުގެ މެދުތެރޭގެ ނިޔަލަށް ގާތްގަނޑަކަށް 1،050 ރެންޑޮމައިޒްޑް ކޮންޓްރޯލްޑް ޓްރައިއަލްސް އެކްޓްގެ މައްޗަށް ކުރެވިފައިވާއިރު އެ ފަލްސަފާގެ ސަބަބުން މީހުންނަށް ފައިދާކުރާކަމަށް އެދިރާސާތަކުން ދައްކައެވެ. އެކްޓް އޭގެ ތެރެއިން އަންނަ މައި ފަލްސަފާއެއް ކަމަށްވާ ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ (ސީބީޓީ) ގެ ފައިދާއަށް ތަރުހީބުދޭ އިތުރު އެތަށް އާރުސީޓީތައް އެބަހުއްޓެވެ. މީގެތެރެއިން ބައެއް ދިރާސާތައް އޭޝިއާގައި ކުރެވިފައިވީ ނަމަވެސް، މި ދިރާސާތަކުގެ ތެރެއިން ގިނަ ދިރާސާތައް ކޮށްފައިވަނީ އެމެރިކާ، އިނގިރޭސިވިލާތް، އަދި އޮސްޓްރޭލިއާ ފަދަ ޤައުމުތަކުގައެވެ.

މި ދިރާސާތަކުގެ މައްޗަށް އަޅުގަނޑުމެން ރިފްލެކްސް މެތަޑް ބިނާކުރި ނަމަވެސް އަޅުގަނޑުމެންގެ ކްލިނިކަލް ތަޖުރިބާކާރު ބޭނުންކޮށް އޭޝިއާގެ މީހުންނަށް އެންމެ އެކަށޭނެ ގޮތަކަށް ފަރުވާދިނުމުގެ އުސޫލުތައް ހުންނާނީ ބަދަލުކުރެވިފައެވެ. އާންމުކޮށް އެކްޓް އަދި ސީއެފްޓީގައި ބޭނުންކުރެވޭ ފަރުވާ ދިނުމުގެ މިންގަނޑުތަކުގެ (ޓްރީޓްމެންތް ޕްރޮޓޮކޯލް ތަކުގެ) ތެރެއިން އޭޝިއާގެ މީހުންނަށް އެކަމުގެ ސަބަބުން ފައިދާ ނުކުރާނެ ކަމަށް ބެލެވޭ ކަންކަން، އެމިންގަނޑުތަކުން އަޅުގަނޑުމެން އުނިކުރީމެވެ. އެމިންގަނޑުތަކަށް އަޅުގަނޑުމެން ދެން އިސްކަންދިނީ އޭޝިޔާގެ މީހުންނަށް ފަސޭހައިން ނަގައިގަނެވޭނެ ނުވަތަ ފަހުމްވެގެންދާނެ ފަދަ މިސާލުތައް އެކުލަވާލުމަށެވެ.

އެމެތަޑް ރަނގަޅުކުރުމުގެ ގޮތުން އަޅުގަނޑުމެންގެ ސައިކޮލޮޖިސްޓުން އެބޭފުޅުންގެ ޢިލްމާއި ތަޖުރިބާ އިތުރުވާވަރަކަށް އޭގައި އެކުލަވާމުން ގެންދަވައެވެ. ހާއްސަކޮށް، އެކި މީހުންނާއެކު މަސައްކަތް ކުރާއިރު، ރިފްލެކްސް މެތަޑުން އެހީތެރިވެދޭންޖެހޭ ގޮތަށް އެމީހުންނަށް އެހީތެރިކަން ލިބޭތޯ އަޅުގަނޑުމެންގެ ސައިކޮލޮޖިސްޓުން ވަޒަންކުރެއެވެ. އަޅުގަނޑުމެންނާއި ބައްދަލުވާ މީހުންގެ ފަރާތުން ސީދާ ފީޑްބެކް (އެމެތަޑް އާއި ބެހޭގޮތުން އެބޭފުޅަކު ދެކޭގޮތް) ހޯދުމަށްވެސް އަޅުގަނޑުމެން އިސްކަންދެމެވެ. ތިޔަބޭފުޅުން ހިއްސާކުަރައްވާ ހިޔާލާއި ލަފާގެ އެހީގައި ރިފްލެކްސް މެތަޑް އިތުރަށް ރަނގަޅު ކުރެވޭނެއެވެ.

މުސްތަގުބަލުގައި އަޅުގަނޑުމެން ގަސްތުކުރަނީ މެލޭޝިޔާއާއި ރާއްޖެއަށް ހާއްސަ ސަގާފަތްތަކާއި އާދަކާދަތައް ބޭނުންކޮށް ރިފްލެކްސް ޕްރޮގްރާމް އިތުރަށް ރަނގަޅު ކުރުމަށެވެ. އަދި ރިފްލެކްސް މެތަޑްގެ ފައިދާ ސައިންޓިފިކް ހެކިން ވަޒަންކުރުމަށްޓަކައި އޭހެ މައްޗަށް ދިރާސާތަކެއް އެކުލަވާލަން އަޅުގަނޑުމެން ގަސްތުކުރަމެވެ.

ރިފްލެކްސް މެތަޑް އަޅުގަނޑުމެން ހިއްސާކުރާ ގޮތް

އަޅުގަނޑުމެން ރިފްލެކްސް މެތަޑް އާއްމުނުކުރާ ސަބަބަކީ އަމިއްލަ ދިރިއުޅުން ރަނގަޅު ކުރުމަށް އެކަނި މުޅި މެތަޑް ބޭނުންކުރުމީ އޮޅުން އުފެދިދާނެ، އުނދަގޫ ކަމަކަށް ވާނެކަމަށް ބެލެވޭތީއެވެ. އަޅުގަނޑުމެން ދެކޭގޮތުގައި އަޅުގަނޑުމެންގެ ސައިކޮލޮޖިސްޓުން ތިބާއަށް އެންމެ ބޭނުންތެރިވާނެ ކަމަށް ބެލެވޭ ބައިތައް ރިފްލެކްސް މެތަޑްގުން ހޮވާލައިފިނަމަ އެކަން ވެގެންދާނީ ތިބާއަށް ލިބޭ ވަރަށް ބޮޑަށް އެހީތެރިކަމަކަށެވެ.

އަޅުގަނޑުމެންގެ ޓީމުގައި މަސައްކަތްކުރާ ޖޫނިއަރ ސައިކޮލޮޖިސްޓުން ތަމްރީނުވުމުގެ ގޮތުންވެސް ބޭނުންކުރާ މައިގަނޑު ވަސީލަތަކީ ރިފްލެކްސް މެތަޑެވެ. އެހެންކަމުން ޝެއަރ ރިޒޯލްވްގެ ކޮންމެ ސައިކޮލޮޖިސްޓަކާއި ތިބާ ބައްދަލުވި ނަމަވެސް ތިބާއަށް ލިބިގެންދާނީ އެންމެ ފެންވަރު ރަނގަޅު ހިދުމަތްކަން އަޅުގަނޑުމެން ކަށަވަރު ކުރަމެވެ. އަދި ބޭރުގެ ކްލިނިޝަނުން ތަމްރީނު ކުރުމަށް ވެސް އަޅުގަނޑުމެން ރިފްލެކްސް މެތަޑް ބޭނުންކުރަމެވެ. (އެގޮތުން ތައިލެންޑުގައި ސީބީޓީ ތެރަޕިސްޓުން ތަމްރީނު ކުރުމަށް އަޅުގަނޑުމެން މިމެތަޑް ބޭނުންކުރީމެވެ.) އެހެންނަމަވެސް، ރިފްލެކްސް މެތަޑުގެ ހުރިހާ ބައިތަކެއް އެހެން ކްލިނިޝަނުންނަށް އަޅުގަނޑުމެން އާންމުކޮށެއް ނުހަދެމެވެ.

މިއީ ބައެއް ގޮތްގޮތުން ރިފްލެކްސް މެތަޑް ވަރަށް ހަލުވިކަމާއެކު ތަރައްގީވަމުންދާތީ، ރިފްލެކްސް މެތަޑްގެ އަދާހަމަކުރެވިފައިނުވާ މިންގަނޑުތަކަށް ކްލިނިޝަނުން އަމަލުކުރުމުން ހުރަސްއެޅުމަށެވެ. ނަމަވެސް ރިފްލެކްސް މެތަޑް އަޅުގަނޑުމެން އާއްމުނުކުރާ މައިގަނޑު ސަބަބަކީ، ތަޖުރިބާކާރު ކްލިނިޝަނެއްގެ އިރުޝާދާއި މެންޓަރޝިޕްގެ ދަށުން މެނުވީ ކްލިނިޝަނުން އެ ބޭނުންނުކުރުމީ މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެން ދެކޭތީއެވެ.

ޝެއަރ ރިޒޯލްވްގެ މެންޓަރިންގ ސިސްޓަމަކީ ރިފްލެކްސް މެތޯޑްގެ މުހިންމު ބައެކެވެ. އަޅުގަނޑުމެންގެ މެންޓަރިންގ ސިސްޓަމްގެ ދަށުން ހުރިހާ ސައިކޮލޮޖިސްޓުންވެސް އެކަކު އަނެކަކާއި ގަވާއިދުން ބައްދަލުކުރެއެވެ. އެކަކު އަނެކަކެއްގެ ތަޖުރިބާގެ ތެރެއިން ދެވޭ އިރުޝާދުގެ ދަށުން ކޮންމެ ސައިކޮލޮޖިސްޓެއްވެސް މީހުންނަށް ދޭ އެހީތެރިކަމުގެ ފެންވަރު ރަނގަޅުކުރެވި އެއްފެންވަރެއްގައި ހިފެހެއްޓެއެވެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ޖޫނިއަރ ސައިކޮލޮޖިސްޓުންނަށް ވެސް ފެންވަރު ރަނގަޅު އެހީތެރިކަަން ތަފާތު އެތައް މައްސަލަތަކަކަށް ފޯރުކޮށްދެވެއެވެ.

ގްރޫޕްތަކަށް ހާއްސަކޮށްގެން ހިންގާ ރިފްލެކްސް ޕްރޮގްރާމް

ވަކިވަކި ފަރުދުންނަށް އެހީތެރިވުމުގެ އިތުރުން މިހާރު އަޅުގަނޑުމެން ގްރޫޕް ސެޝަންތަކުަގައި ވެސް ރިފްލެކްސް މެތަޑް ބޭނުންކުރަމެވެ. އަޅުގަނޑުމެންގެ ގްރޫޕްތަކަށް ކިޔޭނަމަކީ ރިފްލެކްސް ޕްރޮގްރާމް އެވެ. ފުރަތަމަ ގްރޫޕްތައް އޮންނާނީ ޔުނިވާސިޓީ އޮފް މާލާޔާގެ މެޑިކަލް ސެންޓަރު (ޔޫއެމްއެމްސީ) ގަ އެވެ. ތިޔަބޭފުޅުން ގުޅިފައިވާ ޖަމިއްޔާއަކުން ތިޔަބޭފުޅުން ތިއްބަވާ ތަނުގައި ރިފްލެކްސް ޕްރޮގްރާމް ހިންގަން ބޭނުންފުޅުވާނަމަ އަޅުގަނޑުމެންނާ ގުޅުއްވުން އެދެމެވެ!

އަޅުގަނޑުމެންގެ ސައިކޮލޮޖިސްޓުންގެ ތެރެއިން އެކަކާ ބައަދަލުވުމެއް ހަމަޖެއްސަވަން ބޭނުންނަމަމަ މިތަނަށް ފިތާލައްވާ.

ކޮންސަލްޓޭޝަން އެއް ހަމަޖައްސަވާ!

ރިފްލެކްސް މެތަޑް ބޭނުންކުރައްވާ އަޅުގަނޑުމެންގެ ސައިކޮލޮޖިސްޓަކާއި ބައްދަލުވެމެއް ހަމަޖައްސަވަން ބޭނުންވާނަމަ ފޯނުން ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް 5089910 12 60+ އަށް އަޅިގަނޑުމެންނަށް ގުޅުއްވުން ނުވަތަ މެސެޖްކުރެއްވުން އެދެމެވެ. އަދި info@resolve.my އަށް އީމެއިލް ވެސް ކުރެވޭނެއެވެ.

އަޅުގަނޑުމެންގެ ފުލް ޓައިމް ކްލައިންޓް ލިއޭޝަން މެނޭޖަރ، ކޭ، އެއްވެސް ސުވާލަކަށް ޖަވާބު ދިނުމަށް ނުވަތަ އެޕޮއިންޓްމަންޓެއް ހަމަޖެއްސުމަށް ބޭނުންވާނަމަ، ހޯމަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ހެނދުނު 6 އިން ހަވީރު 3 އަށް އެހީވެދޭނެއެވެ. އެ ގަޑިތަކުގެ ފަހުން މެސެޖެއް ފޮނުއްވައިފިނަމަ ވީހާވެސް އަވަހަކަށް ޖަވާބުދެވޭތޯ އަޅުގަނޑުމެން މަސައްކަތްކުރާނަމެވެ.

ކޮންސަލްޓޭޝަނެއް ހަމަޖެއްސެވުމުގެ ކުރިން އަޅުގަނޑުމެންގެ ސއިކޮލޮޖިސްޓުންނާއި ބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާނަމަ އެމީހުންނާ ބެހޭ މައުލޫމާތު މި ޕޭޖުން ބަލާލެވޭނެއެވެ.

Any questions or comments? Please write them here ...